ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ރާއްޖެއިން ކޯވިޑް-19 ގައި މަރުވި މީހުންގެ ޢަދަދު 101 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި މިރޭ ނިޔާވެފައިވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ގައި ފަރުވާދެމުންދިޔަ 70 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މިއަދުގެ ތިންވަނަ މަރެވެ. އަދި މިއީ ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި 101 ވަނަ މީހާއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން ހަތަރު މީހަކު ނިޔާވެފައެވެ. އަދި މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 28 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 101 މީހުންގެ ތެރޭގައި ހިމެނެނީ 90 ދިވެހިންނާއި 11 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން