ޕްރޮފެސަރ ޙަސަން އުގެއިލް
ޕްރޮފެސަރ ޙަސަން އުގެއިލް
ކޮވިޑްގައި ރާއްޖެއިން މިއަދު މި ފެންނަނީ ހިތްދަތި މަންޒަރެއް ކަމަށް ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ހަތަރުވަނަ ރާޅެއް ރާއްޖޭގައި ފެތުރެން ފަށާފައިވާއިރު މި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު ވަނީ ކުރިއަށްވުރެ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިމަހު އެކަނިވެސް ރާއްޖެއިން ތިރީހާއި ގާތްކުރާ ޢަދަދަކަށް މީހުން ނިޔާވެފައިވާއިރު، ރާއްޖެއިން ޖުމްލަ ނިޔާވެފައިވާ މީހުންގެ ޢަދަދުވަނީ ސަތޭކަ ފަހަނައަޅައި ގޮސްފައެވެ.

ރާއްޖޭގެ މިހާރުގެ ޙާލަތާގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަށްވައި ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވީ މިއަދު ރާއްޖެއިން ފެންނަމުންދަނީ ހިތާމަވެރި ހިތްދަތި މަންޒަރެއް ކަމަށާއި، މިއީ އެންމެން ގުޅިގެން މިކަމުން މިންޖުވާން އިހުނަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ވަގުތެއް ކަމަށެވެ.

"މިވަގުތު ރާއްޖޭގެ ކޯވިޑް-19 ގެ ހާލަތާމެދު ވިސްނާ އެކަން ވަޒަން ކުރާއިރު އިހްސާސްކުރެވެނީ ވަރަށް ހިތްދަތި މަންޒަރެއް." ޕްރޮފެސަރ އުގެއިލް ވިދާޅުވެފައިވެފައިވެއެވެ.



ކޯވިޑް-19 އާއި ރާއްޖެއާއި ގުޅުވައިގެން މީގެ ކުރިން ޕްރޮފެސަރ އުގައިލް ވިދާޅުވެފައިވަނީ ކޯވިޑް-19 ކޮންޓްރޯލް ނުވެ އޭގެ އެންމެ ނުރައްކާތެރި ހާލަތަށް ރާއްޖޭގައި ހިނގައްޖެނަމަ ރާއްޖެއިން 10 ހާސް މީހުން އެބަލީގައި މަރުވާނެ ކަމަށެވެ. އޭނާ އާންމުކޮށްފައިވާ މި މައުލޫމާތުގައި ބޮޑަށް ބުރަވެވަޑައިގެންފައި ވަނީ ދުނިޔޭގައި ކޮރޯނާ ވައިރަސް އޭރު ފެތުރެމުންދާ މިންވަރާއި ބަލި ޖެހޭ މީހުންގެ ނިސްބަތާއި ބަލީގައި މަރުވާ މީހުންގެ ނިސްބަތަށެވެ.

ނަމަވެސް އުގައިލްގެ މި ދިރާސާއާއި މެދު ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ފާޑުކިޔައި ކަންބޮޑުވުން ހާމަކުރަން ފެށުމުން އޭނާ ވަނީ އެ މައުލޫމާތު ހާމަކުރައްވައިގެން ދިވެހި ރައްޔިތުން ހާސްވެ ކަންބޮޑުވާނަމަ އެކަމަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

ނަމަވެސް ފަހުން ގިނަ ބަޔަކު ވަނީ އުގައިލްގެ އެ އަންދާޒީ މަންޒަރަކީ ހަމަ ރަނގަޅު މަންޒަރެއް ކަމަށް ބަލައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން