ކޯވިޑް-19 ގައި އިއްޔެވެސް ރާއްޖެއިން ފަސް މީހުން މަރުވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުން ޖުމްލަ ޢަދަދު 103 އަށް އަރައިފިއެވެ.
އެޗްއީއޯސީން ހާމަކޮށްފައިވާ މަޢުލޫމާތު ދައްކާގޮތުން އެންމެ ފަހުން ރާއްޖެއިން ނިޔާވެފައިވަނީ، ރޭ 10:00 ގައި ނިޔާވި ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އާއި، ރޭ 11:14 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ.
އެއާއެކު އިއްޔެވެސް ރާއްޖެއިން ވަނީ ކޮވިޑްގައި 5 މީހުން ނިޔާވެފައެވެ. އަދި މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 30 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 103 މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެހިންނާއި 11 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު