ވަޒީރުން ހުވާ ކުރެއްވުމުގެ ދަރުބާރު
ވަޒީރުން ހުވާ ކުރެއްވުމުގެ ދަރުބާރު
ރައީސުލްޖުމްހޫރިއްޔާ ސަރުކާރު ހިންގެވުމަށް ގެންނެވި ބަދަލުތަކުގެ ދަށުން ވަޒީރުންނަށް ރުހުން ދިނުމަށާއި، ވުޒާރާތަކުގެ ދައުރަށް ގެނައި ބަދަލަށް ރުހުން ހޯދަން މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ މައްސަލަ ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މައްސަލަ ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން ރަޝީދު ހަސަން އަދި އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމަށް އައިމިނަތު ޝައުނާ އައްޔަންކުރެއްވީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަނު ކުރެއްވުމުގެ ކުރިން ޑރ ހުސައިން ހުންނެވީ އެންވަޔަރަމަންޓް މިނިސްޓަރުގެ މަޤާމުގައެވެ. މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް، އާމިނަތު ޝައުނާ އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީގެ މަޤާމުގައި ހުންނަވަނިކޮށެވެ.

ކެބިނެޓަށް ގެނައި ބަދަލާ އެކު ރައީސް ޞާލިޙް ވަނީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އެ ބަދަލާ އެކު އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަން، މިނިިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީއަށް ވަނީ ބަދަލުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން