ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ (ފޮޓޯ: ޅ. އަތޮޅު ހޮސްޕިޓަލް)
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ (ފޮޓޯ: ޅ. އަތޮޅު ހޮސްޕިޓަލް)
ކޯވިޑް-19 ގައި މިއަދު ލާމު އަތޮޅުން ދެ މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުން ޖުމްލަ ޢަދަދު 107 އަށް އަރައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގަން ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އެ އަތޮޅު މާވަށަށް ނިސްބަތްވާ 66 އަހަރުގެ އަންހެނަކާއި، ގަން މަތިމަރަދޫ އަވަށަށް ނިސްބަތްވާ 88 އަހަރުގެ ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 107 އަށް އަރާފަ އެވެ.

މިއާއެކު މިއަދު ރާއްޖެއިން މިވަނީ ކޮވިޑްގައި ދެ މީހުން ނިޔާވެފައެވެ. އަދި މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 34 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 107 މީހުންގެ ތެރޭގައި ހިމެނެނީ 96 ދިވެހިންނާއި 11 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން