ކޯވިޑް-19 އާ ގުޅިގެން ޅ. ނައިފަރުގައި ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބޭ 202 ސާމްޕަލް އެބަހުރި ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ ނައިފަރުން މިހާތަނަށް 4043 ސާމްޕަލް ނަގާފައިވާއިރު އޭގެތެރެއިން 3021 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. އެރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން 202 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ. ނައިފަރުން 820 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 610 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު އެރަށުގައިތިބީ ބައްޔަށް ޕޮޒިޓިވް 206 މީހުންނެވެ.
ނައިފަރުން އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވެފައިވަނީ އުނގޫފާރަށް ޑޮކްޓަރަށް ދެއްކުމަށް ދިޔަ ދެމީހުންނެވެ. އެރަށުން މިހާތަނަށް ބަލީގައި 04 މީހުން ވަނީ ނިޔާވެފައެވެ.
ނައިފަރު ކޮވިޑް ފެސިލިޓީގައި 02 މީހުންނަށް ފަރުވާދެމުން ގެންދާއިރު، އެރަށުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 2789 މީހަކަށް ވަނީ ދީފައެވެ. އަދި ދެވަނަ ޑޯޒް ދީފައިވަނީ 1297 މީހުންނަށެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އަށް ރާއްޖޭގައި ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 18،221 ގައެވެ. ރާއްޖެއިން 108 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު