ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ (ފޮޓޯ: ޅ. އަތޮޅު ހޮސްޕިޓަލް)
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ (ފޮޓޯ: ޅ. އަތޮޅު ހޮސްޕިޓަލް)
ކޯވިޑް-19 ގެ ނުރައްކާ ބޮޑުވެ މިއަދު ލާމު އަތޮޅުން ދެ މީހަކު ނިޔާވެފައި ވަނިކޮށް، ވެރިރަށް މާލެއިން ވެސް މިއަދު އިތުރު މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުން ޖުމްލަ ޢަދަދު 108 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 7:25 ގައި އައިޖީއެމްއެޗް އީއާރު ގައި ނިޔާވެފައި ވަނީ 73 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މީގެއިތުރުން ލ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 87 އަހަރުގެ ދިވެހި ފިރިހެނެއް ރޭ ދަންވަރު 1:54ގައި ވަނީ ނިޔާވެފައެވެ. އަދި ރޭ 3:01 ގައި މަރުވެފައި ވަނީ 69 އަހަރުގެ ދިވެހި ފިރިހެނެއްވެސް ލ. ކޮވިޑް ފެސިލިޓީގައި ވަނީ ނިޔާވެފައެވެ.

މިއާއެކު މިއަދު ރާއްޖެއިން މިވަނީ ކޮވިޑްގައި ތިން މީހުން ނިޔާވެފައެވެ. އަދި މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 35 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 108 މީހުންގެ ތެރޭގައި ހިމެނެނީ 97 ދިވެހިންނާއި 11 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން