އޭދަފުށީ ކޮވިޑް ފެސިލިޓީ | ފޮޓޯ: ބ. އަތޮޅު ހޮސްޕިޓަލް
އޭދަފުށީ ކޮވިޑް ފެސިލިޓީ | ފޮޓޯ: ބ. އަތޮޅު ހޮސްޕިޓަލް
ފުލުފުލުގައި ހަ މީހުން މަރުވެ ރާއްޖެއިން ކޯވިޑް-19 ގައި ނިޔާވި މީހުންގެ ޖުމްލަ 111 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ޢުމުރުން 63 އަހަރުގެ ދިވެހި އަންހެނަކާއި، 51 އަހަރުގެ އިންޑިއާ ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ. އަދި މިއަދު 9:48 ގައި 66 އަހަރުގެ ދިވެހި އަންހެނަކުވެސް ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. މިއަދު ވަނީ ލ އަތޮޅު ކޮވިޑް ފެސިލިޓީގައިވެސް ދެ މީހުން ނިޔާވެފައެވެ. އަދި އައިޖީއެމްއެޗް އީއާރު ގައި 73 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ ނިޔާވެފައެވެ.

މިއާއެކު މިއަދު ރާއްޖެއިން މިވަނީ ކޮވިޑްގައި ހަ މީހުން ނިޔާވެފައެވެ. އަދި މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 38 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 111 މީހުންގެ ތެރޭގައި ހިމެނެނީ 99 ދިވެހިންނާއި 12 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން