ބ. އޭދަފުށިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 236 އަށް އަރައި، މިވަގުތު އެރަށުގައި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޢަދަދު 68 އަށް އަރައިފިއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެރަށުން 236 މީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެރަށުން އިއްޔެވެސް އަލަށް 02 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެރަށުން 1755 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ނަތީޖާ ނުލިބިވަނީ 39 ސާމްޕަލްއެއްގައެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވިކަމަށް ބެލެވިގެން ޓެސްޓް ހެދި މީހުންކަމަށެވެ. އަދި މިހާރުވެސް އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. އޭދަފުށިން މިބަލި ޖެހުމަށްފަހު 168 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މިހާރު އޭދަފުށީގައި ޖުމުލަ 68 މީހަކު ކޮވިޑް ޖެހިފައި އެބަތިއްބެވެ.
އޭދަފުށީގެ ތިންހާސް މީހުންގެ އާބާދީގެ ތެރޭގައި ކޯވިޑް ފެތުރެމުންދާއިރު، އެ އަތޮޅުގެ ބައެއް އެހެން ރަށްރަށުންވެސް ކޯވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ. އެގޮތުން އެއަތޮޅުގެ ތުޅާދޫގައިވެސް މިވަގުތު ބައްޔަށް ޕޮޒިޓިވް 31 މީހުން އެބަތިއްބެވެ. އެޗްޕީއޭ އިން މިހާރު ވަނީ ޚާއްސަ ފިޔަވަޅުތަކަކާއެކު އޭދަފުށީގައި ކާފިއު އިޢުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު