ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ގެ ދެކަނބަލުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހައިރިސްކް ބޭފުޅެއް ކަމަށްވާ އަދުރޭއާއި އަނބިކަނބަލުން ދިޔާނާ ހުސެއިން ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެ ދެކަނބަލުން ކޮވިޑަށް ފަރުވާހޯއްދަވަމުން ގެންދަވަނީ ގޭގައި ތިއްބަވައިގެންނެވެ.
ރާއްޖޭގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުން އަންނައިރު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ ބައިލައްކައަށް އަރައިފައެވެ. އަދި މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 118 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 103 ދިވެހިންނާއި 15 ބިދޭސީންނެވެ.
ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އެގޮތުން މިމަހުގެ މިހާތަނަށް 45 މީހަކު ވަނީ ކޯވިޑް ޖެހިގެން ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް ޖެހޭ މީހުން އިތުރުވެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށްފައިވާއިރު އަތޮޅު ތަކުގެ ގިނަ ރަށްތަކުގައި ވެސް ކޯވިޑް ފެތުރެމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުދަނާ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު