ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެ، އެ ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 119 އަށް އަރައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 119 އަށް އަރާފައެވެ.
އެއާއެކު މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 46 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 119 މީހުންގެ ތެރޭގައި ހިމެނެނީ 104 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު