ކޮވިޑްގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޮވިޑްގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެ، އެ ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 121 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިއަދު މެންދުރު 12:02 ގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 121 އަށް އަރާފައެވެ.

އަދި މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 48 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 121 މީހުންގެ ތެރޭގައި ހިމެނެނީ 106 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން