އަލްއުސްތާޒް އަހުމަދު ޒަނީން އާދަމް
އަލްއުސްތާޒް އަހުމަދު ޒަނީން އާދަމް
ކޯވިޑް-19 ގައި މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޒް އަހުމަދު ޒަނީން އާދަމް އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކީލް ޒަނީން އަވަހާރަވީ، ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 59 އަހަރެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ގައި ނިޔާވި މީހުންގެ އަދަދު ވަނީ 122 އަށް އަރާފައެވެ.

އަދި މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 49 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 122 މީހުންގެ ތެރޭގައި ހިމެނެނީ 107 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ދުނިޔެ

24-May-2021

އަދިވެސް ރާއްޖޭގެ ބޯޑަރު ބަންދުކުރާކަށްނުވޭތޯ ؟ އިންޑިޔާގެ ފަތުރުވެރިން އައުން ހުއްޓުވާކަށްނުވޭތޯ ؟ މިރާއްޖޭގައި މިއޮތް ތިންސަރުކާރުން މިކަމަށްގޮތެއްނިންމާކަށްނުވޭތޯ ؟ ގައުމުހަނާވަނީ ވިސްނަވާ



ޓްރެންޑިން