ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގެ ތެރެއިން
ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގެ ތެރެއިން
ފުވައްމުލަކު ސިޓީން ކޯވިޑް-19 އަށް ޕޮޒިޓިވްވެ މިވަގުތު އެސިޓީގައި ބަލިޖެހިފައި ތިބީ 245 މީހުންނަށް ކަމަށް ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ފެބްރުއަރީ 7 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެ އެ ސިޓީން 45 މީހުން ބައްޔަށް ޕޮޒިޓިވްވެ، އެސިޓީން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 352 އަށް އަރައިފައިވާ ކަމަށެވެ. އޭގެ ތެރެއިން 108 މީހުން ރަނގަޅުވެފައި ވާއިރު މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި އެރަށުގައި ތިބީ 245 މީހުންނެވެ.

ފުވައްމުލަކު ސިޓީގައި ހޮސްޕިޓަލްގައި އެނދުމަތިކޮށް މިވަގުތު 02 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އެރަށުން މިހާތަނަށް 11329 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބޭ ސާމްޕަލްގެ ޢަދަދަކީ 331 އެވެ.

ފުވައްމުލަކުގައި ކޯވިޑް-19 ފެތުރެމުންދާތީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، ފުވައްމުލައް ސިޓީގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އެރަށުގައި މިސްކިތުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުންވެސް ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން