ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް-19 ޖެހިގެން ރާއްޖެއިން 62 އަހަރުގެ އަންހެނެއް ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ، ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 10:49 ގައި ނިޔާވެފައިވަނީ ޢުމުރުން 62 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ގައި ނިޔާވި މީހުންގެ އަދަދު ވަނީ 125 އަށް އަރާފައެވެ. މިއީ މިއަދުގެ ދެވަނަ މަރެވެ.

މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 52 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 125 މީހުންގެ ތެރޭގައި ހިމެނެނީ 110 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން