ޑރ. މުޙައްމަދު ޢަލީ
ޑރ. މުޙައްމަދު ޢަލީ
ކޯވިޑް-19 ގެ ކޮންޓްރޯލް މިހާރު އަތުން ގެއްލިފައިވާ ކަމަށާއި، ދިވެހިން ވަރަށް އަވަހަށް އެކަން ޤަބޫލު ކުރާނެ ކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ވަރަށް ގޯސްވެފައި ވާއިރު ބަލި ފެތުރުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމުގެ ޝަކުވާ ޢާއްމުން ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 55،924 އަށް އަރާފައެވެ. އަދި 130 އަށްވުރެގިނަ މީހުން މިހާ ހިސާބަށް ވަނީ ނިޔާވެފައެވެ.

ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، މިހާރު ބަލި ކޮންޓްރޯލް ކުރަން ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ފެންނަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތު އަޅުވަމުންދާ މަންޒަރު ކަމަށެވެ. އަދި މިހާރު ކޯވިޑްގެ ކޮންޓްރޯލް އަތުން ގެއްލިފައިވާ ކަމަށާއި، ވަރަށް އަވަހަށް ދިވެހިން އެކަން ޤަބޫލު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޯވިޑް ކޮންޓްރޯލް ކުރެވޭނީ ބަލީގެ ކޮންޓްރޯލް އަތުން ދޫވެއްޖެކަން އަމިއްލައަށް ޤަބޫލު ކުރެވިގެން ކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ ވޭތުވެދިޔަ ދޮޅު އަހަރުވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރީ އެއްބައެއް ކަމަށާއި، އެ ޓީމް މިހާރު ކުރިއަށްވުރެ އެކަމަށް ފަރިތަ ކަމަށެވެ. އެހެންކަމުން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަން ކާމިޔާބު ކުރެވޭނެ ކަމަށް ޑރ. ވިދާޅުވިއެވެ.



އެހެން ނަމަވެސް ކޮވިޑް ފެތުރޭ ނިސްބަތް ކޮންޓްރޯލް ނުވާނަމަ މިކަން ކޮންޓްރޯލް ކުރުމަށް ސިއްޙީ ޚިދުމަތްތެރިން ކުރާ މަސައްކަތް ފެންނަ މިންވަރު ކުޑަ ވާނެކަން ޑރ. ފާހަގަކުރެއްވިއެވެ.

ހަލުވި ދުވެލީގައި ފެތުރެމުންދާ ކޮވިޑްގެ އަދަދުތައް މަދުކުރުމަށް ރާއްޖޭގައި މިހާރުވެސް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ދެ ހަފްތާގެ މުއްދަތަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކާފިއު ގަޑީގައި ރޭގަނޑު 12:00 އާ ހަމައަށް ފިހާރަރަކުން ޑެލިވަރީގެ ޚިދުމަތް ދެވޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ. މީގެއިތުރުން މީހުން ވައްދައިގެން ސައިހޮޓާ ރެސްޓޯރެންޓް އަދި ކެފޭ ތަކުން ކެއިންބުއިމުގެ ޚިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

މުހައްމަދު

27-May-2021

ބުނެއުޅެނީ ދިވެހިންނަށް ހުނަރުއެގޭނީ އަޑީގަޖެހުނީމައޭ. އެހިސާބަށް ދިޔައިމަ ރޭކާލާނެ



ޓްރެންޑިން