މާލީ ވަޒީރު އިބްރާހިމް އަމީރު
މާލީ ވަޒީރު އިބްރާހިމް އަމީރު
ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤުތިޞާދީ ހީނަރު ކަމުގެ ސަބަބުން މާލީގޮތުން ދަތިވެފައިވާ ފަރާތްތަކަށް ސަރުކާރުންދޭ އިންކަމް ސަޕޯޓް އެލަވެންސް، މިއަދާ ހަމައަށް 22858 މީހަކަށް ދީފިއެވެ.

ދަޢުލަތުގެ މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ސަރުކާރުން 22858 މީހަކަށް 419.4 މިލިއަން ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައިވެ އެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ދެމުން އަންނަ، އިންކަމް ސަޕޯޓް އެލަވެންސް ދެނީ ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށާއި، ނޯޕޭ ލީވްގައި ތިބި ފަރާތްތަކަށާއި، 5000 ރުފިޔާއަށް ވުރެ ދަށަށް މުސާރަ ކުޑަކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މާލީގޮތުން ބުރޫއަރާ، ލިބޭ އާމްދަނީ 5،000 ރުފިޔާއަށް ވުރެ ދަށްވެފައިވާ ފަރާތްތަކަށެވެ.

ދިވެހިރާއްޖޭގައި އިންކަމް ސަޕޯޓް އެލަވެންސް ދިނުން ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުންވަނީ އިތުރު 21.6 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ފޯރުކޮށްދިނުމަށް ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ނިންމާފަ އެވެ. މީގެ އިތުުރުން، އިންކަމް ސަޕޯޓް އެލަވަންސް ސްކީމަށް 2020 ވަނަ އަހަރުގެ ޖޫންގައި ވެސް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް 12.8 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19 ގެ ބަލިމަޑުމަކާ ގުޅިގެން އައި އިޤްތިޞާދީ ހީނަރުކަމުން އަރައިގަރުމަށްޓަކާ ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތައް އަލުން ފަށައިގަނެ މުޅިން ހިންދެމި ނުލެވި އުޅެނިކޮށް ކޯވިޑްގެ ތިންވަނަ ރާޅެއް އަރައި އަނެއްކާވެސް މުޅި ގައުމުގެ ވިޔަފާރިއާއި އިޤްތިޞާދު އަނެއްކާވެސް މިވަނީ ހުއްޓުމަކަށް އިއިސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން