ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް-19 ގައި މިއަދު ތިންވަނަ މީހަކު ނިޔާވެ ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު 132 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ، ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 3:18 ގައި ނިޔާވެފައިވަނީ ޢުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ގައި ނިޔާވި މީހުންގެ އަދަދު ވަނީ 132 އަށް އަރާފައެވެ. މިއީ މިއަދުގެ ތިންވަނަ މަރެވެ.



މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 59 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 132 މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން