ކޯވިޑް-19 އާ ގުޅިގެން ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 145.08 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
ފްރަންޓްލައިން އެލަވަންސް ހަމަހަމަކޮށް ނުދޭ މައްސަލައިގައި ސިއްޙީދާއިރާގެ މަސައްކަތްތެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެޗްއީއޯސީން މީގެ ކުރިން ބުނެފައިވަނީ ފްރަންޓްލައިން އެލަވަންސް ދިނުމުގައި އޮޅުންތަކެއް އަރާފައިވާކަމަށާއި، އެކަން މިހާރު ބަލަމުން ގެންދާ ކަމަށެވެ.
ދަޢުލަތުގެ މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ސަރުކާރުން ފްރަންޓްލައިން އެލަވަންސް ޙައްޤުވާ 11463 މީހަކަށް 145.08 މިލިއަން ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައިވެ އެވެ.
ކުރީސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެލަވަންސް ބަހާފައިވަނީ 3 ގިންތިއަށެވެ. ހައި ރިސްކް ވޯކަރުންނާއި މީޑިއަމް ރިސްކް ވޯކަރުންނާއި ލޯ ރިސްކް ވޯކަރުންނަށެވެ.
ހައި ރިސްކް ވޯކަރުންގެ ގޮތުގައި ބަލަނީ ބަލި ހުންނަ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އާރްއާރް ޓީމްތަކުގެ މެމްބަރުންނާއި، ލެބް ޓެކްނީޝަނުން އަދި ބަލި މީހުންނާއި ސިއްހީ މަސައްކަތްތެރިން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. އެފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސް ދޭގޮތަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު