ކޯވިޑް-19 ގައި މިއަދު ފަސް މީހަކު ނިޔާވެ ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު 134 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ، ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 6:55 ގައި ނިޔާވެފައިވަނީ ޢުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 7:44 ގައި 85 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ވަނީ ނިޔާވެފައެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ގައި ނިޔާވި މީހުންގެ އަދަދު ވަނީ 134 އަށް އަރާފައެވެ. މިއީ މިއަދުގެ ފަސްވަނަ މަރެވެ.
މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 61 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 134 މީހުންގެ ތެރޭގައި ހިމެނެނީ 119 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު