ޅ. ނައިފަރުގައި މިވަގުތު ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ގޮތުގައި ތިބީ 135 މީހުން ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ ނައިފަރުން މިހާތަނަށް 4213 ސާމްޕަލް ނަގާފައިވާއިރު އޭގެތެރެއިން 3296 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. އެރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން 31 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ. ނައިފަރުން 886 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 747 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު އެރަށުގައިތިބީ ބައްޔަށް ޕޮޒިޓިވް 135 މީހުންނެވެ.
ނައިފަރުން އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވެފައިވަނީ އުނގޫފާރަށް ޑޮކްޓަރަށް ދެއްކުމަށް ދިޔަ ދެމީހުންނެވެ. އެރަށުން މިހާތަނަށް ބަލީގައި 04 މީހުން ވަނީ ނިޔާވެފައެވެ.
ނައިފަރު ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާދެމުން ގެންދާއިރު، އެރަށުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 2789 މީހަކަށް ވަނީ ދީފައެވެ. އަދި ދެވަނަ ޑޯޒް ދީފައިވަނީ 1297 މީހުންނަށެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އަށް ރާއްޖޭގައި ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 23،464 ގައެވެ. ރާއްޖެއިން 134 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު