ޤައުމު ވެއްޓެމުން މިދަނީ ދުވަހަކުވެސް ނުވެއްޓޭވަރުގެ ވަޅުގަނޑަކަށް ކަމަށް ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.
ކޮވިޑްގެ ހަތަރުވަނަ ރާޅެއް ރާއްޖޭގައި ފެތުރެން ފަށާފައިވާއިރު މި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު ވަނީ ކުރިއަށްވުރެ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިމަހު އެކަނިވެސް ރާއްޖެއިން 61 މީހުން ނިޔާވެފައިވާއިރު، ރާއްޖެއިން ޖުމްލަ ނިޔާވެފައިވާ މީހުންގެ ޢަދަދުވަނީ ސަތޭކަތިރީސް ފަހަނައަޅައި ގޮސްފައެވެ.
ރާއްޖޭގެ މިހާރުގެ ޙާލަތާގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަށްވައި ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވީ، މިއިން ޒަމާނެއްގައި ވެސް ނުވެއްޓޭ ފަދަ ފުންވަޅުގަނޑަކަށް ދިވެހި ގައުމު ވެއްޓެމުންދާތަން ފެންނަމުންދާ ކަމަށެވެ. އަދި މިއީ އެންމެން އެކުއެކީ އަތުގުޅައިލައިގެން އިހްލާސްތެރިކަމާއެކު އުންމީދީ ވިސްނުން ކުރިއަށް ނެރެ އިތުރަށް މަސައްކަތް ކުރަން ފަށަންވީ ވަގުތު ކަމަށް އުގައިލް ވިދާޅުވިއެވެ.
"އެކުވެރި ކަމަކީ ގަދަފަދަ ބާރެއް. ނޫން ތޯ؟" ޕްރޮފެސަރ އުގައިލް ވިދާޅުވެފައިވެއެވެ.
ކޯވިޑް-19 އާއި ރާއްޖެއާއި ގުޅުވައިގެން މީގެ ކުރިން ޕްރޮފެސަރ އުގައިލް ވިދާޅުވެފައިވަނީ ކޯވިޑް-19 ކޮންޓްރޯލް ނުވެ އޭގެ އެންމެ ނުރައްކާތެރި ހާލަތަށް ރާއްޖޭގައި ހިނގައްޖެނަމަ ރާއްޖެއިން 10 ހާސް މީހުން އެބަލީގައި މަރުވާނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށެވެ. އޭނާ އާންމުކޮށްފައިވާ މި މައުލޫމާތުގައި ބޮޑަށް ބުރަވެވަޑައިގެންފައި ވަނީ ދުނިޔޭގައި ކޮރޯނާ ވައިރަސް އޭރު ފެތުރެމުންދިޔަ މިންވަރާއި ބަލި ޖެހޭ މީހުންގެ ނިސްބަތާއި ބަލީގައި މަރުވާ މީހުންގެ ނިސްބަތަށެވެ.
ނަމަވެސް އުގައިލްގެ މި ދިރާސާއާއި މެދު ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ފާޑުކިޔައި ކަންބޮޑުވުން ހާމަކުރަން ފެށުމުން އޭނާ ވަނީ އެ މައުލޫމާތު ހާމަކުރައްވައިގެން ދިވެހި ރައްޔިތުން ހާސްވެ ކަންބޮޑުވާނަމަ އެކަމަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.
ނަމަވެސް ފަހުން ގިނަ ބަޔަކު ވަނީ އުގައިލްގެ އެ އަންދާޒީ މަންޒަރަކީ ހަމަ ރަނގަޅު މަންޒަރެއް ކަމަށް ބަލައިގެންފައެވެ.

މިއިން ޒަމާނެއްގައި ވެސް ނުވެއްޓޭ ފަދަ ފުންވަޅުގަނޑަކަށް ދިވެހި ގައުމު ވެއްޓެމުންދާތަން އެބަފެނޭ. މިއީ އެންމެން އެކުއެކީ އަތުގުޅައިގެން އިހްލާސްތެރިކަމާއި އެކު އުންމީދީ ވިސްނުން ކުރިއަށް ނެރެ އިތުރަށް މަސައްކަތް ކުރަން ފަށަންވީ ވަގުތު. އެކުވެރި ކަމަކީ ގަދަފަދަ ބާރެއް. ނޫން ތޯ؟
— Professor Ugail (@ugail) May 24, 2021
ކޯވިޑް-19 އާއި ރާއްޖެއާއި ގުޅުވައިގެން މީގެ ކުރިން ޕްރޮފެސަރ އުގައިލް ވިދާޅުވެފައިވަނީ ކޯވިޑް-19 ކޮންޓްރޯލް ނުވެ އޭގެ އެންމެ ނުރައްކާތެރި ހާލަތަށް ރާއްޖޭގައި ހިނގައްޖެނަމަ ރާއްޖެއިން 10 ހާސް މީހުން އެބަލީގައި މަރުވާނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށެވެ. އޭނާ އާންމުކޮށްފައިވާ މި މައުލޫމާތުގައި ބޮޑަށް ބުރަވެވަޑައިގެންފައި ވަނީ ދުނިޔޭގައި ކޮރޯނާ ވައިރަސް އޭރު ފެތުރެމުންދިޔަ މިންވަރާއި ބަލި ޖެހޭ މީހުންގެ ނިސްބަތާއި ބަލީގައި މަރުވާ މީހުންގެ ނިސްބަތަށެވެ.
ނަމަވެސް އުގައިލްގެ މި ދިރާސާއާއި މެދު ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ފާޑުކިޔައި ކަންބޮޑުވުން ހާމަކުރަން ފެށުމުން އޭނާ ވަނީ އެ މައުލޫމާތު ހާމަކުރައްވައިގެން ދިވެހި ރައްޔިތުން ހާސްވެ ކަންބޮޑުވާނަމަ އެކަމަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.
ނަމަވެސް ފަހުން ގިނަ ބަޔަކު ވަނީ އުގައިލްގެ އެ އަންދާޒީ މަންޒަރަކީ ހަމަ ރަނގަޅު މަންޒަރެއް ކަމަށް ބަލައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު