ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެންބަރު ހައިތަމް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ފަހަކަށް އައިސް ކޯވިޑް-19 ބަލީގައި ފައްސިވާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ވަރަށް ބޮޑުތަނުން އިތުރުވަމުންދާކަމަށާއި މިބަލީގައި ނިޔާވާ މީހުންގެ އަދަދު ނިސްބަތުންވެސް އަންނަނީ އިތުރުވަމުން ކަމަށެވެ.
އަދި އެޗް.ޕީ.އޭގެ އެންގުމާ އެއްގޮތަށް ދައުލަތުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތް ކުރުން މަޑުޖައްސާލުމާއެކު ކޮންމެހެން ޙާޒިރުވެގެން ކުރަންޖެހޭ ކަމެއް ފިޔަވައި އެހެނިހެން ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް އަންގާފައިވާކަމަށް ވެސް ހައިތަމް ފާހަގަކުރަށްވާފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހަކީ 159 ސްޓާފުންނާއި 87 މަޖިލިސް މެންބަރުން އަދި އެކި ކަންކަމުގައި ބޭރުން އެކިފަރާތްތަކުން ޙާޒިރުވެ މަސައްކަތުގެ މާޙައުލުގައި އުޅޭ ތަނެއްކަމުން ބަލަހައްޓަން ޖެހޭ މިންވަރަށް ގައިދުރުކަން ނުބެހެއްޓޭކަމަށްވެސް ހައިތަމް ވަނީ ވިދާޅުވެފައެވެ.
ހައިތަމްގެ ސިޓީގައި ރައީސް ނަޝީދުގެ މޭސްތިރިކަމުގެ ދަށުން ދުނިޔޭގައި އެންމެ ފުރަތަމަ އޮންލައިންކޮށް މަސައްކަތް ކުރަން ފެށި މަޖިލިސް ކަމުގައި ރާއްޖޭގެ މަޖިލިސް ހިމެނިގެން ދިޔަކަން ފާހަގަކުރަށްވާފައި ވެއެވެ. އަދި ރާއްޖެ މިހާރު މިއޮތް ހާލަތުގެ ސަބަބުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި އޮންލައިންކޮށް މަސައްކަތް ކުރުމަކީ މިކަން ކޮންޓްރޯލް ކުރުމަށް ވެވޭނެ އެހީއެއް ކަމުގައި ދެކޭކަމަށް ވިދާޅުވެ، މަޖިލިސްގެ ޖަލްސާތަކާއި ކޮމިޓީތައް އޮންލައިން ކޮށްދެއްވުމަށް ހައިތަމް އެދިވަޑައިގެންފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މެމްބަރުން ހާޒިރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު