ހިންނަވަރުގައި ކޯވިޑް-19 ވެކްސިން ޖެހުން ކުރިއަށް ދަނީ
ހިންނަވަރުގައި ކޯވިޑް-19 ވެކްސިން ޖެހުން ކުރިއަށް ދަނީ
ޅ. ހިންނަވަރުގައި މިވަގުތު ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ގޮތުގައި ތިބީ 166 މީހުން ކަމަށް ހިންނަވަރު ސިއްހީ މަރުކަޒުން ބުނެފިއެވެ.

ހިންނަވަރުން މިއަދުވަނީ 22 މީހުން މުޅިން އަލަށް ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ 21 ދިވެހިންނާއި އެއް ބިދޭސީއެވެ. ހިންނަވަރު ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާދެމުން ގެންދާއިރު، މިބަލީގައި އެރަށުން އެކަކު ވަނީ ނިޔާވެފައެވެ.



ޅ. ހިންނަވަރު ސިއްހީ މަރުކަޒުން ބުނީ ހިންނަވަރުން މިހާތަނަށް 1696 ސާމްޕަލް ނަގާފައިވާއިރު އޭގެތެރެއިން 1649 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. އެރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން 47 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ. ހިންނަވަރުން 219 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 51 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު އެރަށުގައިތިބީ ބައްޔަށް ޕޮޒިޓިވް 166 މީހުންނެވެ. އެއީ 133 ދިވެހިންނާއި 33 ބިދޭސީންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އަށް ރާއްޖޭގައި ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 23،464 ގައެވެ. ރާއްޖެއިން 136 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން