ކޯވިޑް-19 ގައި މިއަދު ހަވަނަ މީހަކު ނިޔާވެ ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު 135 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ، ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު 2:25 ގައި ނިޔާވެފައިވަނީ ޢުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ގައި ނިޔާވި މީހުންގެ އަދަދު ވަނީ 135 އަށް އަރާފައެވެ. މިއީ މިއަދުގެ ހަވަނަ މަރެވެ.
މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 62 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 135 މީހުންގެ ތެރޭގައި ހިމެނެނީ 120 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

Today at 02:25 pm a 78-year-old Maldivian male admitted at HMF has passed away
— Health Protection Agency (@HPA_MV) May 24, 2021
This is the 135th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven
މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 62 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 135 މީހުންގެ ތެރޭގައި ހިމެނެނީ 120 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ކިޔުންތެރިންގެ ހިޔާލު