ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް-19 ގައި ޅ. ހިންނަވަރު ކޯޓުގެ ކުރީގެ ޤާޟީ މޫސާ ޙަސަން ނިޔާވެއްޖެއެވެ.

މިއީ މިއަދު ކޮވިޑް ޖެހިގެން ނިޔާވި ހަތްވަނަ މީހާއެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު 11:00 ގައި ހިންނަވަރު ސިއްހީ މަރުކަޒުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައިވަނީ ހިންނަވަރު ކޯޓުގެ ކުރީގެ ޤާޟީ މޫސާ ޙަސަންއެވެ. ނިޔާވިއިރު ޢުމުރުން 87 އަހަރެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19ގައި ނިޔާވި މީހުންގެ އަދަދު ވަނީ 136 އަށް އަރާފައެވެ.

މިއަދު މިހާތަނަށް 7 މީހުން ނިޔާވެފައިވާއިރު، މިއަދު ފުރަތަމަ މަރުވެފައިވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެނެވުނު 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ރޭ ދަންވަރު 02:02 ހާއިރުއެވެ. ދެވަނަ މީހާ މަރުވެފައިވަނީ ރޭ ފަތިހު 04:25 ހާއިރުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މިއަދު ތިންވަނައަށް މަރުވެފައިވަނީ ދަަންވަރު 03:18 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު ހަތަރު ވަނަ އަށް މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ މިއަދު 06:55 އެވެ. އަދި ފަސްވަނައަށް މަރުވެފައިވަނީ މިއަދު ހެނދުނު 07:44 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހަވަނަ މަރަކީ، ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު 2:25 ގައި ނިޔާވި ޢުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއާއެކު މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 63 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 136 މީހުންގެ ތެރޭގައި ހިމެނެނީ 121 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން