އީއެންޓީ ޑޮކްޓަރ މަޢުރޫފް ޙުސައިން
އީއެންޓީ ޑޮކްޓަރ މަޢުރޫފް ޙުސައިން
ކަޅު ފަންގަސްއަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ކަމަށް ކަރުންމަތީގެ ޚާއްސަ ޑޮކްޓަރ، ޑރ. މައުރޫފް ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މި ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައި ވަނީ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި އުމުރުން ދުވަސްވީ ދިވެއްސެއްގެ ގައިންނެވެ. އެމީހާއަކީ ކުރިން ކޯވިޑް ޖެހިގެން ރަނގަޅުވެފައިވާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން އެއީ ކަޅު ފަންގަސްތޯ ޔަގީންކުރުމަށް ހެދި ޓެސްޓުން ދައްކާ ގޮތުގައި އެއީ ކަޅު ފަންގަސް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޑރ. މައުރޫފް ވިދާޅުވީ، ކަޅު ފަންގަސްއަކީ ކޯވިޑަށް ފަރުވާ ކުރުމުގައި ގިނައިން ސްޓެރޮއިޑް ނަގަން ޖެހުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި ދިފާޢީ ބާރު ދަށްވެފައިވާ މީހުންގެ ގަޔަށް އާންމުގޮތެއްގައި ވެސް މާޙައުލުގައި ހުންނަ ފޫ ނުވަތަ ފަންގަސްގެ ވައްތަރެއް ބާރުގަދަ ކުރުމުން ޖެހޭ ބައްޔެއް ކަމަށެވެ.

"މި ވައްތަރުގެ ފަންގަސް ވެރިވެގަންނަނީ ސައިނަސް ތަކަށާއި، ހަންގަނޑާއި، ސިކުނޑި އަށާއި އަދި ފުއްޕާމެއަށެވެ. ވީމާ ކޮވިޑަށް އެޑްމިޓް ވެ ގަދަޔަށް ފަރުވާ ހޯދާފައިވާ ބޭފުޅުން އެބޭފުޅުންގެ އިމިއުނިޓީ ނުވަތަ ދިފާޢީބާރު ހަމަޔަކަށް އެޅެންދެން ގަސް ހެއްދުމަށްޓަކައި ވެލީގައި (ޚާއްސަކޮށް ގެރިގުއި ހިމެނޭ ވެލީގައި) އަންގީއަކާއި ނުލައި އަތްނުލެއްވުން ވަރަށް މުހިންމެވެ." ޑރ. މައުރޫފް ވިދާޅުވިއެވެ.



ކަޅު ފަންގަސް އެންމެ ހަލުވި ކަމާއެކު ފެތުރެމުން ދަނީ އަވައްޓެރި އިންޑިއާގަ އެވެ. އިންޑިއާގެ ސިޓީތަކުގައި މި ބަލި ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ބައެއް މިހުންގެ ލޮލުގެ ފެނުން ވަނީ ގެއްލިފައެވެ. ނުވަތަ ބައެއް މީހުންގެ އެއް ލޯ ނަގަން ވަނީ މަޖުބޫރުވެފަ އެވެ.

ނަމަވެސް މި ޖަރާސީމު ދެނެގަނެވޭނެ ގޮތެއް ރާއްޖޭގައި ނެތެވެ. އަދި މިބައްޔަށް ދޭނެ ބޭހެއް ވެސް ރާއްޖޭއަކު ނެތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން