ކާފިއު ވަގުތު މާލޭގެ މަގެއް
ކާފިއު ވަގުތު މާލޭގެ މަގެއް
މާލެ ސަރަހައްދުގެ ކާފިއު ހަވީރު 4 ކުން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8 އަށް ދިގު ދަންމާލުމަށް އެޗްޕީއޭ އިން ނިންމައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މާލެ ސަރަހައްދުގައި ކާފިއު ހިންގާ ވަގުތަކީ ހަވީރު 4:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އަށް ކަމަށެވެ. އަދި އެ ނޫން ވަގުތުތަކުގައި ބޭރުގައި އުޅެވޭނީ އެޗްޕީއޭ އިން ދޫކުރާ ފާހާއި އެކުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މި ނިންމުމަމަށް އަމަލުކުރަން ފަށާނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީޕް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ ކާފިއު ނޫން ގަޑިތަކުގައި ގެއިން ބޭރަށް ނުކުންނަށް ދޫކުރާނީ ގެއަކަށް ދެ ފާސް ކަމަށެވެ. އަދި އެ ފާސް ދޫކުރާނީ މިދިޔަ އަހަރުގެ ލޮކްޑައުންގައި އަމަލު ކުރި އުސޫލުން ގޭގެ ކަރަންޓު މީޓަރު ނަމްބަރަށް ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ ގެއަކަށް ދެ ފާސް ދޫކުރާއިރު ހެނދުނު 8 އިން މެންދުރު 12 އެއް ފާސް އަދި މެންދުރު 12 އިން ހަވީރު 4 އަކަށް ދެވަަނަ ފާސް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލޭގެ ގެއަކަށް ދޫކުރާ ފާހެއް ހުޅުމާލޭގައި ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގޭބިސީތަކަށް ދޫކުރާ ފާހުގައި ނަން އޮންނާނެ ކަމަށާއި އެނޫން މީހަކަށް އެފާސް ބޭނުމެއް ނުކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޑެލިވަރީގެ ޚިދުމަތް ދެވޭނީ ހެނދުނު 6 އިން މެންދަމު 12 އަށްކަމަށާއި، ކާފިއު ވަގުތު ޓޭކް އަވޭ ޚިދުމަތް ދިނުމާއި، ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތައް ހުޅުވައިގެން ވިޔަފާރި ކުރާނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން ފާސް ދޫކުރާނެ ކަމަށެވެ.

މާލޭ ސަރަޙައްދުގައި މިހާރު ކާފިއު ހިންގަނީ ހަވީރު 4 އިން ފަތިހު 4 އަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން