ކޮވިޑް ފެސިލިޓީއެއްގައި ބަލި މީހަކަށް ފަރުވާ ދެނީ
ކޮވިޑް ފެސިލިޓީއެއްގައި ބަލި މީހަކަށް ފަރުވާ ދެނީ
ކޯވިޑް-19 ގައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަންގެ މަންމަ ނިޔާވެއްޖެއެވެ.

މިއީ މިއަދު ކޮވިޑްގައި ނިޔާވި އަށްވަނަ މީހާއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު މެންދުރު 2:50 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައިވަނީ ޢުމުރުން 78 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19ގައި ނިޔާވި މީހުންގެ އަދަދު މިވަނީ 137 އަށް އަރާފައެވެ. މީގެއިތިރުން މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 64 އަށް އަރާފައެވެ.

އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 137 މީހުންގެ ތެރޭގައި ހިމެނެނީ 122 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަންނަ ބުދަ ދުވަހުން ފެށިގެން އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން މިއަދު ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ހިންގާފައިވާ ކާފިއުގެ ވަގުތު އިތުރުކޮށް ގެއިން ބޭރަށް ނުކުންނަ ނަމަ ޚާއްޞަ ހުއްދައެއް ނެތި ނުނުކުމެވޭ ގޮތަށް ވެސް ވަނީ ނިންމާފައެވެ. ކާފިއުގެ ވަގުތު އިތުރަށް ހަރުކަށިކޮށް ކާފިއުނޫން ގަޑިތަކުގައި ވެސް ކޮންމެ ގޭ ބިސީ އަކުން ދެމީހުންނަށް ވުރެ އިތުރަށް މަގުމައްޗަށް ނުނުކުމެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން