ކޮވިޑް ފެސިލިޓީއެއްގައި ޙަރަކާތްތެރިވާ ސިއްހީ ޚިދުމަތްތެރިންތަކެއް
ކޮވިޑް ފެސިލިޓީއެއްގައި ޙަރަކާތްތެރިވާ ސިއްހީ ޚިދުމަތްތެރިންތަކެއް
ކޯވިޑް-19 ގައި މިއަދު 9ވަނަ މީހަކު ނިޔާވެ ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު 138 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިރޭ 6:48 ގައި ނިޔާވެފައިވަނީ ޢުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ގައި ނިޔާވި މީހުންގެ އަދަދު ވަނީ 138 އަށް އަރާފައެވެ. މިއީ މިއަދުގެ 9ވަނަ މަރެވެ.



މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 65 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 138 މީހުންގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން