ކޯވިޑް-19 ގައި މިއަދު 10 ވަނަ މީހަކު ނިޔާވެ ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު 139 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިރޭ 7:53 ގައި ނިޔާވެފައިވަނީ ޢުމުރުން 86 އަހަރުގެ ޖަޕާން ފިރިހެނެއް ކަމަށެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ގައި ނިޔާވި މީހުންގެ އަދަދު ވަނީ 139 އަށް އަރާފައެވެ. މިއީ މިއަދުގެ 10 ވަނަ މަރެވެ.
މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 66 އަށް އަރާފައެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ދަނީ ބައްޔަށް ފޮޒިޓިވް ވަމުންނެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 139 މީހުންގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާއި 16 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު