މެއި 1 ގެ ފަހުން މުއްދަތު ހަމަވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އަންނަ ޖުލައި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވާ ލައިސެންސް ކާޑު ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމަޔަށް ބޭނުން ކުރެވޭނެ ކަމަށެވެ.
އަދި އެ ނިންމުމަށް ކަމާބެހޭ އިދާރާތަކުން އަމަލު ކުރަމުން ގެންދާނެ ކަމަށްވެސް އެ އިޢުލާނުގައިވެއެވެ. އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމަށް އަލަށް ލައިސަންސް ނަގާ ފަރާތްތަކަށް ލައިސަންސް ދޫކުރުން މި މަހުގެ ފަސްވަަނަ ދުވަހުން ފެށިގެން ވަނީ ހުއްޓާލާފައެވެ.
މާލޭގައި ކޯވިޑްގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެ މާލެ ސަރަހައްދު ބުދަ ދުވަހުން ފެށިގެން ވަނީ ލޮކްޑައުންކުރަން ނިންމާފައެވެ. އަދި ހާއްސަ ހުއްދައެއްގެ ދަށުން ކޮންމެ ގެއަކުން ނިކުމެވޭނީ 2 މީހުންނަށްކަމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު