ކޯވިޑާއި ގުޅިގެން ކުރީގެ ރައީސުންގެ އެހީ ބަލައިގަންނާނެ ކަމަށް ރައީސް ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކޯވިޑުން އަރައިގަތުމަށް ރައީސް ޔާމީނާއި ރައީސް ޑރ. ވަހީދުގެ އެހީތެރިކަން ލިބިވަޑައިގެންފިނަމަ އެކަން ބަލައިގަންނާނެ ކަމަށެވެ.
"ކުރިއަށް އޮތްތަނުގައިވެސް ދަތިނުވެ މި އުނދަގުލުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރާނެ. މިކަމުގައި ރައީސް ޔާމީނުވެސް ޑރ. ވަހީދުވެސް ހަމަ އެހީތެރިކަން ދެއްވަންވީ. އަޅުގަނޑުމެން ބަލައިގަންނާނަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރަށް މިކަމުގައި އެހީތެރިވެދިނުމުގެ ދޮރު އޮތީ ހުރިހާ ފަރާތަކަށްވެސް ހުޅުވިފައި ކަމަށެވެ.
ކޯވިޑްގެ ޙާލަތު ރާއްޖޭގައި ގޯސްވެފައިވާއިރު މިއީ އެންމެންގުޅިގެން ނަތީޖާ ނެރުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށް ރައީސް މައުމޫނާއި، ޑރ. ވަޙީދުވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު