ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވަނީ މިކަން "ރަސް އޮންލައިން" އަށް ކަށަވަރުކޮށްދީފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހާލުކޮޅު ރަނގަޅު ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.



ރާއްޖޭގައި ކޯވިޑްގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާ ގޮތުގައި ރާއްޖޭގައި މިވަގުތު މި ބަލީގެ 24،033 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 289 މީހުންނަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިގެން ފަރުވާ ދެމުންނެވެ. މިމަހުގެ މިހާތަނަށް ރާއްޖޭގައި 74 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައެވެ. މިއާއެކު ރާއްޖޭގައި ކޮވިޑު ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ ޖުމްލަ 147 އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން