ރާއްޖޭގެ ރަށެއްގެ މިސްކިތެއް
ރާއްޖޭގެ ރަށެއްގެ މިސްކިތެއް
ކޮވިޑާ ގުޅިގެން މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ، މިރޭ ފަތިސް ނަމާދުން ފެށިގެން މާލޭ ސަރަޙައްދުގެ މިސްކިތްތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. ކޮވިޑާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ފަރުޟު ނަމާދު ކުރުން ހުއްޓާލާފައިވަނީ މި މެއި މަހުގެ 19 ވަނަ ދުވަހުއެވެ.

ނަމަވެސް ބައެއް ފަރާތްތަކުން މިނިސްޓްރީގެ އެ ނިންމުމަށް އިޙްތިރާމްނުކޮށް މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރަމުންދާތީ މިސްކިތްތައް ބަންދު ކުރުމަށް ނިންމީ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.



މިދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުޢާކޮށް، އިސްތިޣުފާރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރި ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން