ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް-19 އަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ރޭ މެންދަމު 2:41 ގައި ނިޔާވީ ކޯވިޑަށް ފަރުވާދެމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ މިއަދު ކޯވިޑް ޖެހިގެން ނިޔާވި ފުރަތަމަ މީހާއެވެ. އަދި މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 149 ވަނަ މީހާއެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 133 ދިވެހިންނާ 16 ބިދޭސީންނެވެ. މިހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މިމަހުގެ މިހާތަނަށް 76 މީހުން ވަނީ ނިޔާވެފައެވެ. އަނެއްކޮޅުން މިމަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.



އެޗްއީއޯސީން ލަފާ ކުރަނީ މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ނިޔާވާ މީހުންގެ އަދަދު ދަށްވާކަން ފާހަގަ ކުރެވޭނީ އަދި ހަފުތާއެއްހާ ދުވަސް ފަހުން ކަމަށެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން