ބ. އަތޮޅު ހޮސްޕިޓަލް
ބ. އަތޮޅު ހޮސްޕިޓަލް
ބ. އޭދަފުށިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 262 އަށް އަރައިފި ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެރަށުގައި މިވަގުތު ބައްޔަށް ޕޮޒިޓިވް ވެފައިވާ 53 މީހުން އެބަތިއްބެވެ. އެރަށުން 2034 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ނަތީޖާ ނުލިބޭ ސާމްޕަލްގެ ޢަދަދަކީ 79 އެވެ. އަދި މިވަގުތު ކޮވިޑް ފެސިލިޓީގައި ހަތަރު މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވިކަމަށް ބެލެވިގެން ޓެސްޓް ހެދި މީހުންކަމަށެވެ. އަދި މިހާރުވެސް އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. އޭދަފުށިން މިބަލި ޖެހުމަށްފަހު 209 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެރަށުން މި ބަލީގައި ނިޔާވެފައިވަނީ އެންމެ މީހެކެވެ.

އޭދަފުށީގެ ތިންހާސް މީހުންގެ އާބާދީގެ ތެރޭގައި ކޯވިޑް ފެތުރެމުންދާއިރު، އެ އަތޮޅުގެ ބައެއް އެހެން ރަށްރަށުންވެސް ކޯވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ. އެގޮތުން އެއަތޮޅުގެ ތުޅާދޫގައިވެސް މިވަގުތު ބައްޔަށް ޕޮޒިޓިވް 42 މީހުން އެބަތިއްބެވެ. އެރަށުން 612 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ނަތީޖާ ނުލިބޭ ސާމްޕަލްގެ ޢަދަދަކީ 31 އެވެ. އަދި މިބަލި ޖެހުމަށްފަހު 14 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެރަށުން ކޮވިޑަށް ޖުމްލަ ފައްސިވީ 56 މީހުންނެވެ.

އެޗްޕީއޭ އިން މިހާރު ވަނީ ޚާއްސަ ފިޔަވަޅުތަކަކާއެކު އޭދަފުށީގައި ކާފިއު އިޢުލާނު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން