ޅ. ނައިފަރުގައި މިވަގުތު ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ގޮތުގައި ތިބީ 105 މީހުން ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ ނައިފަރުން މިހާތަނަށް 4264 ސާމްޕަލް ނަގާފައިވާއިރު އޭގެތެރެއިން 3335 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. އެރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން 38 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ. ނައިފަރުން 891 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 782 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު އެރަށުގައިތިބީ ބައްޔަށް ޕޮޒިޓިވް 105 މީހުންނެވެ.
ނައިފަރުން އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވެފައިވަނީ އުނގޫފާރަށް ޑޮކްޓަރަށް ދެއްކުމަށް ދިޔަ ދެމީހުންނެވެ. އެރަށުން މިހާތަނަށް ބަލީގައި 04 މީހުން ވަނީ ނިޔާވެފައެވެ.
ނައިފަރުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 2854 މީހަކަށް ވަނީ ދީފައެވެ. އަދި ދެވަނަ ޑޯޒް ދީފައިވަނީ 1544 މީހުންނަށެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އަށް ރާއްޖޭގައި ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 24،867 ގައެވެ. ރާއްޖެއިން 149 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު