ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 150 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ބުނީ އައިޖީއެމްއެޗް އިމަރޖެންސީ ރޫމަށް މިއަދު ގެނައި މީހަކު ނިޔާވެފައިވާތީ ނެގި ސާމްޕަލް ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. މިއަދު ހެނދުނު 7:55 ގައި ނިޔާވީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިއަދު ކޯވިޑް ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ. އަދި މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 150 ވަނަ މީހާއެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެހިންނާ 16 ބިދޭސީންނެވެ. މިހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މިމަހުގެ މިހާތަނަށް 77 މީހުން ވަނީ ނިޔާވެފައެވެ. އަނެއްކޮޅުން މިމަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.



އެޗްއީއޯސީން ލަފާ ކުރަނީ މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ނިޔާވާ މީހުންގެ އަދަދު ދަށްވާކަން ފާހަގަ ކުރެވޭނީ އަދި ހަފުތާއެއްހާ ދުވަސް ފަހުން ކަމަށެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން