ކޯވިޑް ބަލީގައި އިތުރު ދިވެއްސަކު ނިޔާވެ ކޯވިޑް ޖެހިގެން މިއަދު ނިޔާވި މީހުންގެ އަދަދު 4 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު މެންދުރު 2:14 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާކަމަށެވެ. މިއީ މިއަދު ކޯވިޑް ޖެހިގެން ނިޔާވި ހަތަރުވަނަ މީހާއެވެ. އަދި މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 155 ވަނަ މީހާއެވެ.
ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 139 ދިވެހިންނާ 16 ބިދޭސީންނެވެ. މިހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މިމަހުގެ މިހާތަނަށް 82 މީހުން ވަނީ ނިޔާވެފައެވެ. މިއަހަރު މިހާތަނަށް ރާއްޖެއިން ވަނީ 118 މީހުން ނިޔާވެފައެވެ. އަނެއްކޮޅުން މިމަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
އެޗްއީއޯސީން ލަފާ ކުރަނީ މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ނިޔާވާ މީހުންގެ އަދަދު ދަށްވާކަން ފާހަގަ ކުރެވޭނީ އަދި ހަފުތާއެއްހާ ދުވަސް ފަހުން ކަމަށެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

Today afternoon 02:14 pm a 61-year-old Maldivian male admitted at HMF has passed away
— Health Protection Agency (@HPA_MV) May 28, 2021
This is the 155th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
އެޗްއީއޯސީން ލަފާ ކުރަނީ މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ނިޔާވާ މީހުންގެ އަދަދު ދަށްވާކަން ފާހަގަ ކުރެވޭނީ އަދި ހަފުތާއެއްހާ ދުވަސް ފަހުން ކަމަށެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ކިޔުންތެރިންގެ ހިޔާލު