ބޮޑުކަންނެލި މަސްވެރިން
ބޮޑުކަންނެލި މަސްވެރިން
މަސްވެރި އާއިލާތައް އަތްމަތި ހުސްވެ ދަރަނިވެރިވެއްޖެ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.

ކޯވިޑް-19 ގެ ސަބަބުން އެތަކެއް ދިވެހި ޢާއިލާތަކުގެ ދިރިއުޅުމާ ސީދާގޮތެއްގައި ގުޅިފައިވާ މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ މަސައްކަތްތެރީންގެ ކަންބޮޑުވުންތަކުގެ އަޑުއުފުލަމުން ގެންދާ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ރައީސް ޞާލިޙާއި ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ޓެގްކޮށް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ބޮޑުކަންނެލީގެ މަސްވެރިކަމުގެ ސިނާޢަތް ނެތި ހިގައިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ ކަމަށެވެ.

ބީކޭއެމްޔޫއިން ބުނީ ކުރިޔަށް މިދާ 2021 ވަނަ އަހަރަކީ ކަންނެލި މަސްވެރިކަން މިހާތަނަށް އެންމެދަށް އަހަރު ކަމަށާއި، މަސްވެރި އާއިލާތަކުގެ އަތްމަތި ހުސްވެ ދަރަނި ވެރިވެފައިވާ ކަމަށެވެ.

"މަސްވެރިންގެ ޝަކުވާ އަޑުއަހާނެ ފަރާތެއް ނެތީތޯ؟" ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ސުވާލު އުފައްދާފައިވެއެވެ.



މި ސަރުކާރު ވެރިކަމަށް އައި ފަހުން މަސްވެރިންގެ ޝަކުވާގެ އަޑުތަކަށް މެދުކެނޑުމެއް ނައުމުގެ ނަތީޖާއެއްގެ ގޮތުން ފިޝަރީޒް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދުވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ. އަދި އައު ވަޒީރު ޑރ. ޙުސައިންއަށް ރުހުން ދިނުމުގެ މައްސަލާގައި މަޖިލީހުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޒަހާގެ ވަޒީރުކަމުގައި މަސްވެރިން ވަނީ މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރު މަސްކޮޅު ނުކިރި އުކާލަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮަށް އިހުތިޖާޖުވެސް ކޮށްފައެވެ. އަދި ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް މަހަށް ހަމައަގު ނުލިބުމާއި ބާނާ މަސްކޮޅު ނުކިރި ތިން ހަތަރު ދުވަހު ކަނޑުމަތީގަޔާއި ފަޅުގައި ކިޔޫގައި ތިބެން ޖެހުމާއި ފަސޭހައިން އައިސް ނުލިބުން ފަދަ ޝަކުވާތައް މަސްވެރިން ވަނީ މީގެކުރިން ވެސް އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

Meehaa

04-Jun-2021

HUS DHOGU MASVERINAH VUREN MUHSANDHI BAEH NEH.



ޓްރެންޑިން