ކާފިއު ވަގުތުތަކުގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނޭ
ކާފިއު ވަގުތުތަކުގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނޭ
އެޗްޕީއޭގެ ފިޔަވަޅުތަކާ ޚިލާފުވެގެން 742 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއުގެ ވަގުތުގައި ބޭރަށް ނުކުމެ އުޅެގެންނާއި އަދި މާސްކު ނާޅައި އުޅުނު 742 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ކާފިއު ވަގުތުގައި ބޭރުގައި އުޅެގެން ޖޫރިމަނާ ކުރި 507 މީހުންނާއި މާސްކު ނާޅާ މަގުމަތީގައި އުޅެގެން ޖޫރިމަނާ ކުރި 175 މީހުންނެވެ.

މީގެ އިތުރުން ކެފޭ، ފިހާރަ، ސެލޫން ފަދަ ތަންތަން ހުޅުވައިގެން ހިދުމަތް ދިނުމާ ގުޅިގެން 60 މީހަކު ޖޫރިމަނާ ކުރި ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މާސްކު ނާޅާ ބޭރަށް ނުކުންނަ ފަރާތްތަކާއި މާސްކު އެޅުމުގައި އިހުމާލުވާ ފަރާތްތައް 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ހަވީރު 4 އިން ހެނދުނު 8 އާ ދެމެދު ހުއްދަނެތި މީހުން ބޭރަށް ނުކުމެ އުޅުން ވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. ހުއްދަނެތި ބޭރަށް ނުކުމެ އުޅޭމީހުންވެސް ފުލުހުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 24،818 ގައެވެ. މި ބަލީގައި މިހާތަނަށް 157 މީހަކު ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން