މާލޭ ޖަލު
މާލޭ ޖަލު
ރާއްޖޭގެ ޖަލުތަކުން ކޯވިޑް-19 އަށް 108 ގައިދީން ޕޮޒިޓިވް ވެފައިވާ ކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިއަދު ބުނީ މާލެ ޖަލުން 12 ގައިދީން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ ޖަލުގައި 66 ގައިދީން ކަރަންޓީން ކޮށްފައިވާ ކަމަށް ކަރެކްޝަންސުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހިންމަފުށީގައި ހުންނަ އައްސޭރި ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުންވެސް ކޯވިޑް ކޭސްތަކެއް ފެނިފައެވެ. އެގޮތުން ހުޅުމާލެ ޑިޓެންޝަން ސެންޓަރުން 2 ގައިދީއަކު އަދި އައްސޭރި ޖަލުން 94 ގައިދީއަކު ޕޮޒިޓިވް ވެފައިވާކަމަށް ކަރެކްޝަންސުން ބުނެފައި ވެއެވެ.



މިކަމާއި ގުޅިގެން ކަރެކްޝަންސުން ބުނީ ޖަލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ޖަލުތަކުގައި އިތުރަށް ވައިރަސް ނުފެތުރޭނެ ގޮތަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން