އައްޑޫ އީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އައްޑޫ އީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ކޯވިޑް-19 އަށް އައްޑޫ ސިޓީން ޕޮޒިޓިވްވީ މިހުންގެ ޢަދަދު 274 އަށް އަރައިފިއެވެ.

އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ، މިއަދު އިތުރު 4 މީހަކު އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 93 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެސިޓީގައި މިވަގުތު ބައްޔަށް ޕޮޒިޓިވް 179 މީހުން އެބަތިއްބެވެ.

އެ ސެންޓަރުން ބުނީ އައްޑޫ ސިޓީ ހިތަދޫން 123 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ފޭދޫން 9 މީހުން ޕޮޒިޓިވްވެފައިވާއިރު، މަރަދޫ ފޭދޫން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ހުޅުދޫން 24 މީހުން، މަރަދޫން 11 މީހުން އަދި މީދޫން 08 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.



އައްޑޫ ސިޓީން މިއަަަަދު ހަވީރު 18:00 ގެ ނިޔަލަށް މުޅި ޖުމްލަ 3920 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އައްޑޫގައި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދާ މީހަކު ނެތެވެ. އެސިޓީން މިހާތަނަށް 02 މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

އައްޑޫގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މުޅި އައްޑޫސިޓި އަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ސިޓީގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި އެސިޓީގެ މިސްކިތްތަކުގައި ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުންވެސް ވަނީ މަނާކޮށްފައެވެ.

ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން