ކޮވިޑްގެ ބަލި މީހަކަށް ފަރުވާ ދިނުމަށް މާލެ ގެންނަނީ
ކޮވިޑްގެ ބަލި މީހަކަށް ފަރުވާ ދިނުމަށް މާލެ ގެންނަނީ
ކޮވިޑް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ހަތް އަހަރުގެ ކުއްޖާގެ ޙާލު ކްރިޓިކަލް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ މީހުންގެ ތެރޭގައި ހަތް އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށެވެ. ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނީ ތ. އަތޮޅަށް ނިސްބަތްވާ ކުއްޖެކެވެ.

މިއީ ކޮވިޑް ޖެހި ހާލު ގޯސްވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ އެންމެ ހަގު ދިވެހި ކުއްޖާ އެވެ. އެ ކުއްޖާއަކީ ކިޑްނީގެ ބައްޔަކަށް ބޭސްކުރާ ކުއްޖެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

"ހަތް އަހަރުގެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި. ކްރިޓިކަލް ޕޭޝަންޓެއްގެ ގޮތުގައި އަޅުގަނޑުމެން އަދިވެސް ކޮންސިޑަރ ކުރަނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އަދި އެ ކުއްޖާގެ އިތުރުން ވެސް އިތުރު 10 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އަފްޒަލް ވިދާޅުވިއެވެ. އެޗްއީއޯސީން ބުނީ ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 18 އަހަރުން ދަށުގެ 240 ކުއްޖަކު އެބަތިބިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ސަލީމް

04-Jun-2021

ޑރ.އަފްސަލް ވާހަކަ ދައްކަވާއިރު އިގިރޭސި ބަސް ބޭނުން ކުރައްވަނީ ދިވެހި ބަހުގައި އެބަހަށް ބޭނުން ކުރެވޭނެ ބަހެއް ނެތިމާތޯއެވެ.



ޓްރެންޑިން