ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލަކު ސިޓީން ކޯވިޑް-19 އަށް ޕޮޒިޓިވްވެ މިވަގުތު އެސިޓީގައި ބަލިޖެހިފައި ތިބީ 254 މީހުންނަށް ކަމަށް ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ފެބްރުއަރީ 7 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދު އެ ސިޓީން 06 މީހުން ބައްޔަށް ޕޮޒިޓިވްވެ، އެސިޓީން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 463 އަށް އަރައިފައިވާ ކަމަށެވެ. އޭގެ ތެރެއިން 210 މީހުން ރަނގަޅުވެފައި ވާއިރު މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި އެރަށުގައި ތިބީ 254 މީހުންނެވެ.



ފުވައްމުލަކު ސިޓީން މިހާތަނަށް 12123 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބޭ ސާމްޕަލްގެ ޢަދަދަކީ 80 އެވެ. އެސިޓީގައި 3080 މީހުން ކޯވިޑްގެ ދެޑޯޒް ވެކްސިން ފުރިހަމަ ކޮށްފައިވާއިރު، 5801 މީޙުން ވަނީ އެއްޑޯޒް ޖަހާފައެވެ.

ފުވައްމުލަކުގައި ކޯވިޑް-19 ފެތުރެމުންދާތީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، ފުވައްމުލައް ސިޓީގައި ކާފިއު އިޢުލާނުކޮށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އެރަށުގައި މިސްކިތުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުންވެސް ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން