ކޮވިޑް-19 އަށް މިއަދު ހދ. އަތޮޅުން 7 މީހުން ޕޮޒިޓިވްވެ، އެއަތޮޅުގައި ޕޮޒިޓިވްވެފައިތިބި މީހުންގެ ޢަދަދު 71 އަށް އަރައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފައިވަނީ، މިއަދު އިތުރު 7 މީހަކު އެ އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 7 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެއަތޮޅުގައި މިވަގުތު ބައްޔަށް ޕޮޒިޓިވް 71 މީހުން އެބަތިއްބެވެ.
އެ ހޮސްޕިޓަލުން ބުނީ ކުޅުދުއްފުށި ސިޓީން 10 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ހަނިމާދޫން 8 މީހުން ޕޮޒިޓިވްވެފައިވާއިރު، ފިނޭ އިން 5 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ނޭކުރެންދޫން 35 މީހުން، ވައިކަރަދޫން 03 މީހުން އަދި މަކުނުދޫން 10 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ހދ އަތޮޅުގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން ކޯވިޑް-19 ފެތުރެމުންދާ ރަށްރަށަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ރަށްރަށުގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

✳️ COVID-19: | Haa Dhaalu Updates
— Kulhudhuffushi Regional Hospital (@KRHmv) May 30, 2021
In the last 24 hours ending at 6pm of May 29, 7 new covid-19 positive cases have been recorded while 7 cases were recovered keeping the active positive cases at 71. Break the chain by wearing masks, washing hands, and maintaining social distance pic.twitter.com/bz9CLQHdML
ހދ އަތޮޅުގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން ކޯވިޑް-19 ފެތުރެމުންދާ ރަށްރަށަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ރަށްރަށުގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު