ކޯވިޑް-19 އާ ގުޅިގެން ހައިރިސްކް 17 ގައިދީއަކު ގެއަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން ބުނެފިއެވެ.
ކަރެކްޝަންސް އިން ބުނެފައިވަނީ، ޖަލުގައި ކޯވިޑް-19 ފެތުރެމުންދާތީ، ޖަލުގައި ހެދި އެސެސްމެންޓް ރިޕޯޓުން ހައިރިސްކް ގައިދީންގެ ގޮތުގައި 40 މީހަކު ފާހަގަވެފައިވާ ކަމަށެވެ. އޭގެތެރެއިން މިހާތަނަށް އާއިލާ އިން ހަވާލުވެގެން 17 ގައިދީން ގެއަށް ބަދަލުކުރެވިފައިވާއިރު ބާކީ ތިބި 23 ގައިދީން ވެސް އާއިލާތަކާ ވަގުތީ ގޮތުން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިއަދު ބުނީ ރާއްޖޭގެ ޖަލުތަކުން ކޯވިޑް-19 އަށް 123 ގައިދީންނާއި ބަންދުމީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެގޮތުން މާލެ ޖަލުން 27 ގައިދީން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެ ޖަލުގައި 117 ގައިދީން ކަރަންޓީން ކޮށްފައިވާ ކަމަށް ކަރެކްޝަންސުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހިންމަފުށީގައި ހުންނަ އައްސޭރި ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުންވެސް ކޯވިޑް ކޭސްތަކެއް ފެނިފައެވެ. އެގޮތުން ހުޅުމާލެ ޑިޓެންޝަން ސެންޓަރުން 2 ގައިދީއަކު އަދި އައްސޭރި ޖަލުން 94 ގައިދީއަކު ޕޮޒިޓިވް ވެފައިވާކަމަށް ކަރެކްޝަންސުން ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން ކަރެކްޝަންސުން ބުނީ ޖަލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ޖަލުތަކުގައި އިތުރަށް ވައިރަސް ނުފެތުރޭނެ ގޮތަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުން ނެގިފައިވާ ސާމްޕަލް ތަކުގެ އަދާހަމަ #COVID19 pic.twitter.com/ag0Vb1nPk3
— Maldives Correctional Service (@CorrectionsMv) May 30, 2021
މިކަމާއި ގުޅިގެން ކަރެކްޝަންސުން ބުނީ ޖަލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ޖަލުތަކުގައި އިތުރަށް ވައިރަސް ނުފެތުރޭނެ ގޮތަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު