ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާގެ ފޯކަސް ގެއްލުވާލަން އުޅޭމީހުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
ވައްޑޭ މިއަދު ވިދާޅުވީ، މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާގެ ސީރިއަސްކަން ގެއްލުވާލައި، އެ ހަމަލާގެ ފޯކަސް އަނބުރާލަަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެބަޔަކު ހޯދައި ތަހްގީގް ހިންގަންޖެހޭ ކަމަށް ވައްޑޭ ވިދާޅުވިއެވެ.
ވައްޑޭ ވިދާޅުވީ ޤާނޫނުއަސާސީގެ 128 ވަނަ މާއްދާގައި ރައްކާތެރިކަން ދިނުން ލާޒިމްކޮށްފައި އޮތީ ވަކި ކަހަލަ މިޒާޖެއްގެ މީހެއްތޯ ބަލައިގެން ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައެއް ނޫންކަމަށާއި، ކުރީގެ ރައީސަކަށް ވީތީ ރައީސް ނަޝީދަށް އެ ޙިމާޔަތް ސަލާމަތީ ޚިދުމަތްތަކުން ފޯރުކޮށްދޭންޖެހޭ ކަމަށެވެ.
ރައީސް ނަޝީދުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާއެއްގައި ލިޔެފައިވާ ރިޕޯޓަކާ ގުޅިގެން ވައްޑެ މިއަދު ވިދާޅުވީ، ރައީސް ނަޝީދާއި އިތުރު އެތައްބަޔަކު މަރާލެވޭ ގޮތަށް މަޖީދީމަގު މެދުގައި ބޮމުގެ ހަމަލާ ރާވާހިންގުވި މީހުންނާއި ފަންޑުކުރި މީހުން އަދިވެސް ނުހޯދިވާއިރު، މިބޮޑު ޖަރީމާގެ ސީރިއަސްކަން އަނބުރާލަން އުޅޭތަން ފެނުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.
"މިޖަރީމާގެ ފަހަތުގައި ތިބި ބަޔަކާ، މިކަން ކުރުވާ ބަޔަކާ ގުޅުންތަކެއް ވެދާނެކަމަށް ބެލެވޭ" ވައްޑެ ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ އޮންލައިން މީޑިއާ އަކުން އެމްއެންޑީއެފްގެ އިސްފަރާތަކާ ޙަވާލާދީ ބުނެފައިވަނީ، ގ. ކެނެރީގޭގައި ދިރިއުޅުއްވާނަމަ ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމަކީ ދަތިކަމެއް ކަމަށެވެ. އެގޮތުން އެގެއަކީ ވަރަށް އާދައިގެ ގޮތަކަށް ހުރި ގެއަކަށް ވުމުން އެކަން ކުރުމަށް ދަތިވާ ކަމަށާއި، އެ ގެ ހުރި ނީލޯފަރުހިނގުމުގައިވެސް މައްސަލަތަކެއް ހުރި ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ތެރޭގައި ލިބިފަައިވާ މައުލޫމާތާއި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓެއް އޮންލައިން ނޫހަކުން ޝާއިއުކޮށްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން އަދި ގ. ކެނެރީގޭގައި ދިރިއުޅޭ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
މި ޚަބަރާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނާއި މަޖިލީހުން ހިންގާ ތަހުގީގުގެ ސަބަބުން މީޑިއާގެ މިނިވަން ކަމަށް ބުރޫއަރާނެ ކަމެއްގެ ގޮތުގައި ރާއްޖޭގެ ބައެއް މީޑިއާތަކުގެ އެޑިޓަރުން ހިމެނޭ އެޑިޓާސް ގިލްޑުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު މަރާލަން ދިން ހަމަލާގެ ސީރިއަސްކަން ގެއްލުވާލައި މިޖަރީމާގެ ފޯކަސް އެހެން ގޮތްގޮތަށް އަނބުރާލަން މަސައްކަތްކުރުވާ ބަޔަކުވެސް ހޯދައި ތަޙްޤީޤް ހިންގަންޖެހޭ. މިޖަރީމާގެ ފަހަތުގައި ތިބި ބަޔަކާ، މިކަން ކުރުވާ ބަޔަކާ ގުޅުންތަކެއް ވެދާނެކަމަށް ބެލެވޭ!
— Waddey (@waddey_) May 31, 2021
ރާއްޖޭގެ އޮންލައިން މީޑިއާ އަކުން އެމްއެންޑީއެފްގެ އިސްފަރާތަކާ ޙަވާލާދީ ބުނެފައިވަނީ، ގ. ކެނެރީގޭގައި ދިރިއުޅުއްވާނަމަ ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމަކީ ދަތިކަމެއް ކަމަށެވެ. އެގޮތުން އެގެއަކީ ވަރަށް އާދައިގެ ގޮތަކަށް ހުރި ގެއަކަށް ވުމުން އެކަން ކުރުމަށް ދަތިވާ ކަމަށާއި، އެ ގެ ހުރި ނީލޯފަރުހިނގުމުގައިވެސް މައްސަލަތަކެއް ހުރި ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ތެރޭގައި ލިބިފަައިވާ މައުލޫމާތާއި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓެއް އޮންލައިން ނޫހަކުން ޝާއިއުކޮށްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން އަދި ގ. ކެނެރީގޭގައި ދިރިއުޅޭ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
މި ޚަބަރާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނާއި މަޖިލީހުން ހިންގާ ތަހުގީގުގެ ސަބަބުން މީޑިއާގެ މިނިވަން ކަމަށް ބުރޫއަރާނެ ކަމެއްގެ ގޮތުގައި ރާއްޖޭގެ ބައެއް މީޑިއާތަކުގެ އެޑިޓަރުން ހިމެނޭ އެޑިޓާސް ގިލްޑުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު