ރ އަތޮޅުގައި މިވަގުތު ތިބީ ކޯވިޑް-19ގެ 58 ބަލި މީހުން ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ ރ. އަތޮޅު އެކި ރަށްރަށުން މިހާތަނަށް 186 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އޭގެ ތެރެއިން 131 މީހަކު މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު ރ އަތޮޅުގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ 58 މީހުންނެވެ.
ރ. އުނގޫފާރުގައި މިވަގުތު ތިބި ކޯވިޑް-19ގެ އެކްޓިވް ކޭސްގެ ޢަދަދަކީ 10 އެވެ. ރ. އަލިފުށިން ކޯވިޑް-19 އަށް 29 މީހުން ޕޮޒިޓިވް ވެފައިވާއިރު، ދުވާފަރުގައި 8 މީހުން އަދި ހުޅުދުއްފާރުގައިވެސް 5 ބަލިމީހުން އެބަތިއްބެވެ. މީގެ އިތުރުން ރަސްމާދޫގައި އަދި އިންނަމާދޫގައި ކޮންމެ ރަށެއްގައި އެކްޓިވް 1 ކޭސް އުޅޭއިރު، މީދޫގައި ތިބީ 3 ބަލިމީޙުންނެވެ.
ރ އަތޮޅުގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން ކޯވިޑް-19 ފެތުރެމުންދާ ރަށްރަށަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އެ ރަށްރަށުގައި މިހާރު ވަނީ ކާފިއު އިޢުލާނުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު